ބެލްޖިއަމްގެ ރައްޔިތެއްކަމުގައިވާ އުމުރުން 92 އަހަރުގެ ޖޯޖެޓް ​ލެޕޯލް އޭނާގެ މުސްލިމް އަވައްޓެރިއާގެ ފަރާތުން ހިތްވަރުލިބި އިސްލާމްދީން ޤަބޫލް ކޮށްފިއެވެ.

ޖޯޖެޓްގެ ޢާއިލާ މިދުނިޔެއިން ވަކިވެ، ޢާއިލާގައި އޭނާއަށް އަޅާލާނެ އިތުރު މީހަކު ނެތުމުން އޭނާގެ އަވަށްޓެރިއެއް ކަމުގައިވާ މުޙައްމަދުގެ ޢާއިލާއާއެކު ދިރިއުޅެން ފެށިއެވެ.

Ad
rt

މުހައްމަދުގެ ޢާއިލާ ޖޯޖެޓްގެ އަވަށްޓެރިންގެ ގޮތުގައި އުޅޭތާ ގާތްގަނޑަކަށް 50 އަހަރުވެއްޖެއެވެ.

އަނބިމީހާއާއި ފިރިހެން ދަރިފުޅާ ދެއަންހެން ދަރިންނާއި އެކު ދިރިއުޅޭ މުޙައްމަދުގެ މަންމައެއް ނެތުމުން މުޙައްމަދު ދެކެމުން އަންނަނީ ޖޯޖެޓްއަކީ މަންމަ ކަމުގައެވެ.

މުޙައްމަދުގެ ޢާއިލާ އެކުގައި ނަމާދުކޮށް އެކަކު އަނެކަކަށް އެހީވެ އަޅަލައި އުޅުމުން އިސްލާމްދީނާއިބެހޭ ކަންކަން އިތުރަށް އުނގެނުމަށް ޖޯރޖެޓްގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ.

ޖޯޖެޓްގެ އަންހެންދަރިއަކު ދުނިޔޭގައި ހުރެ އޭނާގެ ފަރާތުން ޖޯޖެޓަށް އެއްވެސް އެހީތެރިކަމެއް އަޅައިލުމެއް ނުލިބޭއިރު މިމުސްލިމު ޢާއިލާއިން ޖަޮޖެޓް ބަލަހައްޓައެވެ.

ރަމަޟާން މަހެއްގައި ޖަޮޖެޓްވަނީ މުޙައްމަދުގެ އާއިލާއާއެކު މޮރޮކޯއަށް ދަތުރުކޮށްފައެވެ.

​މުސްލިމުން ރޯދަހިފައި އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވާ ވަރު ފެނި ދިރިއުޅުމުގެ މިހާ ފަސްވީފަހުން އިސްލާމް ދީން ދަސްވީތީ ދެރަވިނަމަވެސް މަރުވުމުގެ ކުރިން އިސްލާމް ދީނުގެ ހިދާޔަތް ލިބުނުކަމަށްޓަކައި ޖޯޖެޓް ޝުކުރުވެރިވިއެވެ.

ޖޯޖެޓް އެނބުރި ބްރަސަލްސްއަށް ގޮސް، ބްރަސަލްސްގެ މިސްކިތެއްގައި އިސްލާމް ވިއެވެ. އިސްލާމް ވުމަށްފަހު އޭނާގެ ނަން، ނޫރު އިސްލާމްގެ ނަމަށް ވަނީ ބަދަލު ކޮށްފައެވެ.

ނޫރު އިސްލާމް މިވަނީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ލިބި، އިސްލާމްދީން ޤަބޫލުކޮށް ހެޔޮ ރަނގަޅު މުސްލިމަކަށް ވުމަށް ވަގުތު ފާއިތުނުވާކަން އަންގައި ދީފައެވެ.