ފ. ނިލަންދޫއިން ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެންކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 22:15 ހާއިރު އެވެ.

Ad
rt

އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ހާމަކުރީ ރޭ 23:59 ހާއިރުއެވެ.

މިއަދު ހެނދުނު 7:50 ހާއިރު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އެ ކުއްޖާ ރޭ 2:40 ހާއިރު ފެނިފައިވާކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ ކުއްޖާ ގެއްލިގެން އާއިލާއިން އެންގުމުން އެކުއްޖާ ހޯދުމުގެ މަސައްކަތްކޮށްފައި ވަނީ ނިލަންދޫ ރައްޔިތުންނާއި އެރަށު ކައުންސިލާއި އަދި ފުލުހުން ގުޅިގެންނެވެ.