•  
  •  
  •  
  •  
  •  
  •  

ޕާކިސްތާން ގެ ލާހޯރަށް އުފަން އުމަރު ފާރޫޫޤް ބަޖްވާގެ އުންމީދަކަށް ވެފައި އޮތީ އޭނާގެ މަންމައަށް ފަރުވާދީ ޝިފާ ލިބި ހެޔޮހާލުގައި ފުރިހަމަ ސިއްހަތެއްގައި ހުންނަތަން ދެކުމެވެ.

އުމަރުގެ މަންމަ ސަރުވަތު ސުލަޠާންގެ މޭގައި ނުރައްކާތެރި މައްސަލަ ތަކެއް ހުރުމާއެކު ޑޮކްޓަރުން ލަފާ ދީފައިވަނީ މަންމަގެ މޭ ޓްރާންސްޕްލާންޓް ހަދައިގެން މޭ ބަދަލު ކުރުމަށެވެ.

އެހެންކަމުން އުމަރު އޭނާގެ މޭ މަންމައަށް ހަދިޔާކުރުމަށް ނިންމައި، ޓްރާންސްޕްލާންޓް ހެދިއެވެ. އެއަށްފަހު ވެންޓިލޭޓަރުގެ އެހީގައި އޮތުމަށްފަހު އުމަރު ވަނީ ތާއަބަދަށް މިދުނިޔެއާއި ވަކިވެފައެވެ.

އެގްރޮނޮމީގެ ދާއިރާއިން ކިޔަވަމުންއައި ޒުވާން އުމަރު މަރުވެފައިވަނީ އޮޕަރޭޝަން ކުރިއަށްދިޔަ ހޮސްޕިޓަލު ކަމުގައިވާ ލާހޯރުގެ ޝޭހު ޒައެދު ހޮސްޕިޓަލުގެ ޑޮކްޓާރުންގެ އިހުމާލުންކަމަށް ބުނެއެވެ. އަދު ޑޮކްޓަރުން މި ޓްރާންސްޕްލާންޓް ކުރިއަަށް ގެންދިއުމުގައި ވަނީ ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްފައި ކަމަށްވެސް ބުނެއެވެ.

މޭ ހަދިޔާ ކުރުމުގެ ކުރިން ހަދިޔާ ކުރާ ފަރާތުގެ ތަފާތު ޓެސްޓުތައް ހަދައި އެއްވެސް ބައްޔެއް ހުރިތޯ އަދި އެމީހާ ޓްރާންސްޕްލާންޓަށް ފިޓުތޯ ބެލުމަކީ އޮންނަ އުސޫލެވެ. ސަބަބަކީ އެއްވެސް އިންފެކްޝަނެއް ހުރެއްޖެނަމަ މުސްތަގްބަލުގައި އެމީހަކަށް ސިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވާނެތީއެވެ.

އުމަރު ހެޕަޓައިޓިސް ބީއަށް ޕޮޒިޓިވްވެފައިވާކަން ރަނގަޅަށް ނުބަލައި އޮޕަރޭޝަން ކުރުމުގެ ސަބަބުން އޮޕަރޭޝަނަށްފަހު އުމަރުގެ ހާލަތު ވަނީ ސީރިއަސްވެފައެވެ. އުމަރު ހެޕަޓައިޓިސް ބީ ހުރިތޯ ނުބަލައި އޮޕަރޭޝަން ކުރުމުގެ ސަބަބުން އޭގެ އަނެއް ދުވަހު އޭނާ މަރުވުމުން އޭނާގެ އާއިލާއަށް އަދި ގިނަބައަކަށްވަނީ މިކަން ހިނގިގޮތް އެނގި ޑޮކްޓަރުންގެ އިހުމާލެ މިކަމުގައިވާކަން ޔަގީންވެފައެވެ.

އުމަރުގެ މަންމައަށް އޮޕަރޭޝަންއަށް ފަހު ދަރިފުޅު މަރުވުމުން ލިބުނު ހިތާމައިގެ އިތުުރުން، ޓްރާންސްޕްލާންޓް ހެދުމަށް ދަރިފުޅު ހަދިޔާ ކުރި މޭ ހެޕަޓައިޓިސް ބީއަށް ޕްޒިޓިވް ވުމުން މިހާރު ސަރާވަތު ގައިގާ މިއިންފެކްޝަން ވަނީ އުފެދިފައެވެ.

މިމައްސަލައިގެ ސަބަބުން ޕާކިސްތާންގެ ހެލްތު މިނިސްޓްރީއިން ވަނީ މިއީ މިގޮތަށް މި ހޮސްޕިޓަލްގައި މޭގެ ޓްރާންސްޕްލާންޓެއް ޑޮކްޓަރުންގެ އިހުމާލުން ނުބައިކޮށް ހެދި ދެވަނަ ފަހަރަށް ވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބަޔެއްގެ އިހުމާލުން އުމަރު ދުނިޔެއައާއި ވަކިވިޔަސް އޭނާ މަންމައަށްޓަކައި ވަނީ ޤުރުބާންވެފައެވެ. މާތް ﷲ އުމަރަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، އުމަރުގެ މަންމައަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި! އާމީން

1 ޚިޔާލު

  1. އާާމީން

Your email address will not be published.

More in ބޮޑު