އޭނާ ގެންގުޅުއްވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްވި ވާވޭ ފޯނެއް ކަމަށާއި، އެ ފޯނު އެމެރިކާ އަށް ހެކް ނުކުރެވޭނެކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ.

ވެނެޒުއެލާގެ ރައީސް މަދޫރޯ މީޑިއާތަކާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ގެންގުޅުއްވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެމަނިކުފާނަށް ހަދިޔާކުރެއްވި ހުވާވޭ ފޯނެއް ވިދާޅުވުމަށްފަހު އެ ފޯނު ވަނީ ދައްކަވާފައެވެ. އަދި އެ ފޯނަކީ ދުނިޔޭގެ އެންމެ ރަނގަޅު ފޯނުކަމަށާއި، އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކަށާއި ސެޓެލައިޓްތަކަށްވެސް އެ ފޯނު ހެކް ނުކުރެވޭނެކަމަށް މަދޫރޯ ވިދާޅުވިއެވެ.

Ad
rt

އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ ޗައިނާއާއި އެމެރިކާއާ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާއިން ވަނީ ވާވޭގެ އުފެއްދުންތައް ބޭނުންކޮށްގެން މީހުންގެ މައުލޫމާތު ހޯދަފާނެކަމުގެ ބިރަށްޓަކައި، ވާވޭއަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ އިތުރުން، ޔޫރަޕުގެ ބައެއް ގައުމުތަކުންވެސް ވަނީ ވާވޭގެ އުފެއްދުންތައް ބޭނުންކުރުން މަނާކޮށްފައެވެ.

ވެނެޒުއޭލާގެ ރައީސް ހައްޔަރުކުރުމަށް އެމެރިކާއިން ދޭ އިނާމު 50 މިލިއަން ޑޮލަރަށް އިތުރުކޮށްފި

މަދޫރޯ އިތުރަށް ވިދާޅުވީ، އެމެރިކާއިން ވެނެޒުއެލާގެ ވެރިކަން ބަދަލުކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެމެރިކާއިން ކެރިބިއަން ކަނޑުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަކީ ވެނެޒުއެލާއަށް ނުރައްކަލެއްކަމަށް މަދޫރޯ ވިދާޅުވިއެވެ.

އެމެރިކާއިން ބުނަނީ މި ހަރަކާތްތަކަކީ ލެޓިން އެމެރިކާގެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކެއް ކަމަށެވެ. ނަމަވެސް މަދޫރޯ ވިދާޅުވަނީ މިއީ ވެނެޒުއެލާގެ ވެރިކަން ބަދަލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެމެރިކާއިން ވަނީ ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާއިން ދޭ އިނާމް 50 މިލިއަން ޑޮލަރަށް މިދިޔަ އޯގަސްޓް މަހު އިތުރުކޮށްފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރިން މަދޫރޯއާ ގުޅޭ މަޢުލޫމާތަށް ހުށަހަޅާފައިވަނީ 25 މިލިއަން ޑޮލަރުގެ އިނާމެކެވެ.