ކުޅުދުއްފުށި ސިޓީގައި ޓެކްސީ ޑްރައިވަރުންނަށް ޙާއްސްކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓްރެފިކް ޕޮލިސްގެ ރޯޑް ސޭފްޓީ ޔުނިޓުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހިންގޭ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލަމުން ފުލުހުން ބުނެފައިވަނީ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން https://forms.gle/baw5xvjzG2HMgcXA8 މެދުވެރިކޮށް 5 ސެޕްޓެމްބަރ 2025 ވާ ހުކުރު ދުވަހުގެ ކުރިން ފޯމު ފުރުމަށެވެ.

މި ޕްރޮގްރާމުގެ އިތުރުން ފުލުހުން ވަނީ ޓެކްސީ ޑްރައިވަރުން ތާޒާކުރުމުގެ ޕްރޮގްރާމެއްވެސް ބޭއްވުމަށް ނިންމާފައެވެ.

އެގޮތުން މި ޕްރޮގްރާމަކީ މިހާރު ޓެކްސީ ކުރުމުގެ ހުއްދަ އޮންނަ ޓެކްސީގެ ޚިދުމަތް ދިނުމުގައި އުޅުއްވާ ފަރާތްތަކަށް ހިންގޭ ޕްރޮގްރާމެއްކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވުމަށްވެސް 5 ސެޕްޓެމްބަރ 2025 ގެ ކުރިން https://forms.gle/bjN72mPgoBoALy6RA މެދުވެރިކޮށް ފޯމު ފުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމަށް ހިންގޭ މި ޕްރޮގްރާމުތަކަކީ، ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވާ މީހުން އެއްގަމު ފަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުތަކެކެވެ.

މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް ވަނީ އެކުލަވާލާފައެވެ.