ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގައި މިދިޔަ އޮގަސްޓް މަހު 7 ކައިވެނި ކުރިއިރު އަދި ހަމަ 7 ވަރި ކޮށްފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް މިއަދު ހާމަކޮށްފައިވާއިރު، އެ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޮގަސްޓް މަހު ކޮށްދީފައިވާ ކައިވެންޏާއި ވަރިތައް މިވަނީ އެއްވަރު ވެފައެވެ.

Ad
rt

މީގެ އިތުރުން އެ ކޯޓުގައި މިދިޔަ މަހު އާއިލީ މައްސަލަތަކުގެ 18 މައްސަލައެއް ހުށަހެޅިފައިވާއިރު ކޯޓުން ނިމިފައިވަނީ އެތަނުން 16 މައްސަލައެކެވެ. އަދި މަދަނީ 18 މައްސަލައެއް ހުށަހެޅުނު އިރު 19 މައްސަލައެއް ނިންމާފައިވާއިރު، ޖިނާއީ 8 މައްސަލަ އެއް ހުށަހެޅިއިރު މެޖިސްޓްރޭޓް ކޯޓުން 6 މައްސަލައެއް ނިންމާފައިވާކަމަށް ތަފާސްހިސާބުން ދައްކާފައިވެއެވެ.

މިދިޔަ ޖުލައި މަހު ވެސް ކުޅުދުއްފުށީ ސިޓީގެ ވަރިއާއި ކައިވެނީގެ ނިސްބަތް ވަނީ ދާދި ހަމަހަމަވެފައެވެ. ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުން އާންމުކުރި މިދިޔަ ޖުލައި މަހުގެ ވަރިކައިވެނީގެ ތަފާސް ހިސާބުދައްކާގޮތުން އެ މަހު 10 ކައިވެނި ކޮށްދިންއިރު، ވަރީގެ 9 މައްސަލަ ވަނީ ނިންމާފައެވެ.

މިއަހަރުގެ ޖޫން މަހަށް ބަލާއިރު، އެ މަހު 9 ކައިވެނިކޮށްދިންއިރު، ނިންމާފައިވާ ވަރީގެ މައްސަލަތަކުގެ އަދަދަކީ 4 އެވެ. މެއި މަހު 12 ކައިވެނިކޮށްދިންއިރު ނިންމި ވަރީގެ މައްސަލަތަކުގެ އަދަދަކީ 2 އެވެ.

އޭޕްރީލް މަހު ވެސް ވަރިއާއި ކައިވެނީގެ އަދަދު 8-8 އިން ވަނީ ހަމަހަމަ ވެފައެވެ. މާރިޗް މަހު ވަރީގެ 5 މައްސަލަ ނިންމިއިރު، ކައިވެނީގެ އަދަދަކީ 4 އެވެ. ފެބްރުއަރީ މަހުގެ 13 ކައިވެނި 10 ވަރި އަދި ޖެނުއަރީ މަހު 14 ކައިވެނި އަދި ނިންމި ވަރީގެ މައްސަލަތައް 15 އަށް އަރާފަވެއެވެ.

ރާއްޖެއަކީ ދުނިޔޭގައި އަބާދީގެ ނިސްބަތުން އެންމެ ވަރި ގިނަ ޤައުމެވެ.