ށ. މިލަންދޫ ކައުންސިލުން އެރަށު ސްކޫލަށް ގޮނޑި ހަދިޔާކޮށްފިއެވެ.

މި ގޮނޑިތަކަކީ އެ ސްކޫލްގެ ހޯލްގައި ބޭނުންކުރުމަށް ހަދިޔާކޮށްފައިވާ ގޮނޑިތަކެކެވެ. މިލަންދޫ ކައުންސިލުން ވަނީ 500 ގޮނޑި ސްކޫލަށް ހަދިޔާކޮށްފައެވެ.

Ad
rt

މިލަންދޫ ސްކޫލުން ވަނީ މި އެހީތެރިކަމަށްޓަކައި މިލަންދޫ ސްކޫލަށް ޝުކުރު އަދާކޮށްފައެވެ.

''މި ފުރުޞަތުގައި މިލަންދޫ ސްކޫލާއިމެދު މިލަންދޫ ކައުންސިލުން ބާއްވާ ގާތްކަމާއި، މިލަންދޫ ސްކޫލުގެ ކުރިއެރުމަށް މިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ވަރަށް އުފަލާއެކު ފާހަގަކޮށް ޝުކުރުވެރިވަން'' މިލަންދޫ ސްކޫލުން ބުނެފަވެއެވެ.

މިލަންދޫ ކައުންސިލުން ހަދިޔާ ކުރި ގޮނޑިތައް އެރަށު ސްކޫލް ހޯލްަގައި އަތުރާފައި، ފޮޓޯ: މިލަންދޫ ސްކޫލް

ފާހަގަކޮށްލޭގޮތުގައި މިލަންދޫ ކައުންސިލުން ސްކޫލަށް ހަދިޔާކޮށްފައި ވަނީ ވަރަށް ފެންވަރު ރަނގަޅު ގޮނޑިތަކެކެވެ.

ށ.އަތޮޅު ކައުންސިލުން އަތޮޅަށް ހުޅުވާލައިގެން ބޭއްވި އަތޮޅު ޤުރްއާން މުބާރާތް 1447ގެ ފަޚުރުވެރި 1 ވަނަ މިލަންދޫ ސްކޫލުން ހާސިލްކޮށްފައިވާއިރު، އެ މުބާރާތަށް ވެސް ކައުންސިލުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މިއަހަރު ކުޅުދުއްފުށީ ސިޓީގައި އޮތް އިންޓަސްކޫލް އެތްލެޓިކްސް މީޓް އެތްލެޓިކްސް މީޓްގައި ރަން ވަނަތަކެއް ހޯދި މިލަންދޫ ސްކޫލް ޓީމަށް ވެސް ކައުންސިލުން ވަނީ މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ވެސް މިލަންދޫ ކައުންސިލަކީ ސްކޫލަށް އެކިގޮތްގޮތުން އެހީތެރިވެ، އެހީތެރިވަމުންއަންނަ ސްކޫލާއި ވަރަށް ކައިރިން މަސައްކަތްކުރާ ކައުންސިލެއްކަން ފާހަގަކުރެވެއެވެ.