މާލޭގައި މީހަކަށް ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ރޭ 23:11 އެހާކަންހާއިރުއެވެ.
މި ހާދިސާ ހިނގާފައި ވަނީ މާލޭ ސޯސަން މަގުގައެވެ. މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހަމަލާގެ ޝިކާރައަކަށްވި މީހާ އަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހްގީގް ކުރަމުން އަންނަަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!