ސައުދީ އަރަބިއްޔާއިންވެސް ދިވެހިންނަށް އޮންއެރައިވަލް ވިސާ ދިނުމަށް ނިންމާފައިވާކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

Ad
rt

ފޮރިން މިނިސްޓްރީގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ސައުދީ އަރަބިއްޔާއަށް އޮން-އެރައިވަލް ވިސާ ދިނުމަށް ސައުދީން ނިންމާފައިވާ ނިންމުން ހާމަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާއާއި ސައުދީ ވަލީ އަހުދާއި ދެމެދު އޮންނަ ގާތްގުޅުންކަމަށެވެ.

ވިސާއަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާއިރު، އުމްރާގެ އަޅުމަކާއި ފަތުރުވެރިކަމުގެ ބޭނުންތަކުގައި ސައުދީއަށްދާ ދިވެހިން ވިސާނަގަން ނުޖެހޭނަކަށް މިނިސްޓަރ ވިދާޅުވިއެވެ.