ހދ އަތޮޅު މަދަރުސާއިން އޯލެވެލްއަށް ކިޔެވި 3 ވަނަ ބެޗް (2003) އަދި 5 ވަނަ ބެޗް (2005) ގެ ދަރިވަރުންގެ ފަރާތުން، ހދ އަތޮޅު މަދަރުސާއަށް އެހީތެރިވުމުގެ ގޮތުން ތަކެތި ހަދިޔާކޮށްފިއެވެ.
އެގޮތުން އެސުކޫލުން އޯލެވެލްއަށް ކިޔެވި 3 ވަނަ ބެޗް (2003) ގެ ފަރާތުން 65' ސްމާޓް ޓީވީއެއް އަދި ފުއްޕާހަމަށް ވައިޖަހާ ބުންބާއެއް ވަނީ ހަދިޔާކޮށްފައެވެ. 2005 ވަނަ އަހަރު އެސުކޫލުން ކިޔެވި 5 ވަނަ ބެޗްގެ ދަރިވަރުންގެ ފަރާތުންވެސް 65' ސްމާޓް ޓީވީއެއްގެ އިތުރުން ޕްރީސުކޫލް ދަރިވަރުން ކުޅޭ ރަބަރު ޕޫލްއެއް ހަދިޔާކޮށްފައިވެއެވެ.
މިތަކެތި ސުކޫލާއި ހަވާލުކޮށްދެއްވީ ރޭ އެ ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސުކޫލުގެ ފަރާތުން މިތަކެއްޗާއި ހަވާލުވީ ސުކޫލްގެ ޕްރިންސިޕަލް މުޙައްމަދު ހިލްމީ އެވެ. މިރަސްމިއްޔާތުގައި އެދެ ބެޗުގެ ބަޔެއް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
2003 ވަނައަހަރު އެސުކޫލުން ކިޔެވި ދަރިވަރުންގެ ފަރާތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އިސްދަރިވަރުންގެ ފަރާތުން މިހާރު ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކަމެއްކޮށްދިނުމުގެ ގޮތުން މިވަގުތަށް ސުކޫލަށް އެންމެ މުހިންމު ކަމެއްކަމަށް ފެންނާތީ އެދަރިވަރުންގެ ފަރާތުން ޗަންދާއެއް ނެގުމަށްފަހު ވެދެއްވި އެހީއެއް ކަމަށެވެ.
2005 ވަނަ އަހަރު އެސުކޫލުން ކިޔެވި ދަރިވަރުންގެ ފަރާތުން ވާހަކަ ދެއްކި ފަރާތުން ބުނެފައިވަނީ ސުކޫލް ޑިޖިޓަލައިޒް ކުރުމަށް ކުރެވެމުން އަންނަ މަސައްކަތައް އެހީތެރިވުމުގެ ގޮތުން ވެދެއްވި އެހީތެރިކަމެއްކަމަށެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު އެސުކޫލުން 2004 ވަނަ އަހަރު ކިޔެވި ދަރިވަރުންގެ ފަރާތުންވެސް ވަނީ ޓީވީއެއް ހަދިޔާކޮށްފައެވެ.
މިހަދިޔާއާއި ގުޅިގެން ތިލަދުންއަށް ދެއްވި ބަސްދީގަތުމެއްގައި އެސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު ހިލްމީ ބުނީ މިކަމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ހދ އަތޮޅު މަދަރުސާއަށް ވެދެއްވާ ކޮންމެ އެހީތެރިކަމެއް އުފަލާއިއެކު ބަލައިގަންނަކަމަށެވެ.
2003، އަދި 2005 ވަނަ އަހަރުގެ ބެޗް އިން މިދެއްކި ނަމޫނާ ބަލައިގަންނަނީ ޝުކުރު ވެރިކަމާއި އެކު، މިކަމަކީ ސުކޫލަށް ވަރަށް މުހިންމުކަމެއް، މިމަދަރުސާގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން އަދި ޕީޓީއޭގެ ނަމުގައި ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަން، އެހާދުވަސް ފަހުންވެސް މިދަފަ ހަދިޔާއެއް ސުކޫލަށް ލިބުމުން ދޭހަވަނީ އެކުދިންގެ ހިތުގައި ސުކޫލަށް އޮތް ލޯބި
ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.
ހދ. ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާއަކީ ހދ އަތޮޅުގެ ވަރަށް ގިނަ ރައްރަށުގެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ދިޔަ ދުވަސްވަރެކެވެ. ހދ އަތޮޅުގެ އެހެން ސުކޫލްތަކުގެ ލީޑިން ޓީޗަރުންގެ ގޮތުގައި އަދި ފާހަގަކޮށްލެވޭ މަޤާމްތަކުގައި މިހާރުވެސް އެބެޗުގެ ދަރިވަރުން ޚިދުމަތް ކުރަމުންއަންނަކަން ފާހަގަކޮށްލެވެއެވެ. ސުކޫލަށް މިތަކެތި ހަދިޔާ ކުރުމުގައި އަތޮޅުގެ އެހެން ރަށްރަށުގެ ދަރިވަރުންވެސް ބައިވެރިވެފައިކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!