އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށާއި 15 އަހަރާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނިގޮތުގައި އައްޑޫ ސިޓީގެ ހިތަދޫ ހީނާ މަގުގައި ދެ ސައިކަލް ޖެހި މިރޭ ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 21:17 ހާއިރުއެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލް ދުއްވި އަންހެންމީހާ އަށް އަނިޔާވެފައިވާއިރު، އަނެއް ސައިކަލް ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖާ އާއި އެ ސައިކަލް ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް ވެސް ވަނީ އަނިޔާ ވެފައެވެ.
މި މީހުންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!