ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން އެދެފި އެވެ.
ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ލަފާ ކުރެވެއެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކުރަމެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ އިރުއުތުރާއި އިރުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
Ad
rt