މިއަދު ހދ. ކުމުންދޫ ކައިރިއަށް ބަންޑުންޖަހާލި ދޯނީގައި ދަތުރުކުރި މީހަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ކުމުންދޫ ކައިރިއަށް ބަންޑުންޖަހާލާފައި ވަނީ ހދ. ކުޅުދުއްފުށީ ސިޓީ އިން ފުރައިގެން ށ. ފުނަދޫއަށް ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެކެވެ.

Ad
rt

ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގައިގެން އެ އިދާރާ އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:55 ހާއިރުއެވެ.

މި ދޯނި ބަންޑުން ޖަހާލުމުން ދޯނިން ދަތުރުކުރި ހަތަރު މީހުން ސަލާމަތްކޮށްގެން ވަނީ ކުޅުދުއްފުށީ ސިޓީ އަށް ގެންގޮސްފައެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.

ފުލުހުން ބުނިގޮތުގައި އެތަނުން 66 އަހަރުގެ ދިވެއްސެއްގެ ހާލު ދެރަވެގެން ފަރުވާދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ. އެމީހާ އަށް ފަރުވާދެމުން ދަނިކޮށް ހެނދުނު 10:30 ހާއިރު ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.