އުތުރުގެ ރަށެއްގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި އެވެ.
މިމަހުގެ 09 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަޕަރ ނޯތު ޕޮލިސް ޑިވިޝަން (ހއ، ހދ، ށ އަތޮޅު ހިމެނޭ ޑިވިޝަން) ގެ ރަށެއްގައި އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކާއި މެދު، ހަމަ އެރަށުގެ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ އެއް ފުލުހުއްނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް މިހާރު ފުލުހުންގެ ބެލުމުގެދަށަށް މިއަދު ގެނެވިފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތާހުޤީގު ކުރަމުންކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާ ގެ މައްސަލަތަކަކީ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ މައްސަލަ އެއްކަމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!