މާލޭގެ ރައްޔިތުންނަށް ބިން ނުލިބުމުގެ މައްސަލަ، ފަލަސްތީނު ރައްޔިތުންގެ ބިންތައް އެހެން ބަޔަކު ފޭރިގެންފައިވާ ފަދަ މައްސަލައެއްގެ ގޮތުގައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސޭން) ސިފަކުރައްވާފައިވާތީ ރާއްޖެތެރޭގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން އަނދުން ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ފްލެޓެއް ނުވަތަ ބިންކޮޅެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް މާލެ ހިއްކުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެ ތަންތަނަށް ވަޒަންވެރި ކުރުވާއިރު މާލޭ މީހުން ތިބީ ތިބިގޮތަށް ކަމަށެވެ.
"އެހެންވީމަ މިއީ ހަމަ ގާތްގަނޑަކަށް މި ތަނަށް (މާލެ) ދިމާވެފައި މިއޮތީ ފަލަސްތީނަށް ދިމާވެފައި އޮތް ކަހަލަ ކަމެއް. މާލޭގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ވަރަށް ބަސްއަހާ ބޭފުޅުން. އެހެންކަމާއެކީގައި ވެރީންގެ ބަސް އަހައިގެން އެ ބޭފުޅުން އެ ތިއްބަވަނީ. ވެރިން ރަނގަޅު ގޮތަށް ކަންކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަގީންކަމާއެކީގައި"
ހުސެއިން ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަކީ ކޯސްޓު ކުޑަ ދަޅެއްގައި ފެންވަރަންޖެހޭ ފަދަ ހާލަތެއްގައި ތިބެންޖެހޭ ބައެއް ނޫން ކަމަށާއި އެ ރައްޔިތުންނަކީ އެއަށްވުރެ މާ ޝަރަފުވެރި އަދި ފަހުރުވެރި ގޮތަކަށް އުޅެންޖެހޭ ފަރާތްތަކެއް ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.
މިކަމާއި ހިތްހަމަ ނުޖެހިހުރެ ޓުވީޓް ކުރައްވަމުން ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ އިޒްރާއީލްގެ ނުބައި ނުލަފާ މިހުންނާ އެއް ހަމަޔަކުން މިރާއްޖޭގެ "ރާއްޖެތެރޭ މީހުން" މިނެކިރާތީ އެކަމާ ލަދުވެރިވާ ކަމަށެވެ.
ކަންބޮޑުވެ ދެރަވޭ، އަޅުގަނޑުވެސް ގަބޫލުކުރަން މާލޭގަ ދިރިއުޅޭ ރައްޔިތުންވެސް ބޯހިޔާވެހިކަން ކަށަވަރު ކުރަން ޖެހޭމަށް، އެކަމަކު ތަފާތުކުރުން ނައްތާލަން ޖެހޭ
ޔައުޤޫބު ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.
Israel ge nubainulafaa meehunnaa eh hamayakun miraajjeyge “Raajjetherey Meehun” minekiraatheeve ekama ladhuvethive, kanboduve dheravey. Alhuganduves gaboolukuran maleyga dhiriulhey rayyithunnahves boahiyaavahikan kashavaruvaanjeheyne kamah. Ekamaku thafaathukurun naththaalanjehey pic.twitter.com/KQGznpKtzD
— Yaugoob Abdulla (@Yaugoob181) February 9, 2020
1911 ވަނަ އަަހަރު ފުރަ މާލޭގެ އާބާދީއަކީ 5236 މީހުންކަމަށާއި މާލެއަށް މީހުން ހިޖުރަކުރަން މަޖުބޫރު ކުރުވީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ބަދަލުވެ އައި ވެރިންތަކުގައި ސީދާ އެމަޤުސަދުގައި ސިޔާސާތުތަކަށް ގެެނެވުނު ބަަދަލުތަކުގެ ސަބަބުންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް މިމަޢުލޫއަށް އަލިއަޅުވާލަމުން ކުރެއްވި ޓުވީޓެއްގައި ބުނެފައި ވެއެވެ.
1/2 1911 ވަނަ އަަހަރު ފުރަ މާލޭގެ އާބާދީއަކީ 5236 މީހުން. މާލެއަށް މީހުން ހިޖުރަކުރަން މަޖުބޫރު ކުރުވީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ބަދަލުވެ އައި ވެރިންތަކުގައި ސީދާ އެމަޤުސަދުގައި ސިޔާސާތުތަކަށް ގެެނެވުނު ބަަދަލުތަކުގެ ސަބަބުން. ހުރިހާކަމެއް މަރުކަޒީ ކުރެވި ދިވެހިންނަން -
— Yasir Abdul Latheef (@YasirLathyf) February 9, 2020
ހުރިހާކަމެއް މަރުކަޒީ ކުރެވި ދިވެހިންނަން އެގޮތް މަޖުބޫޫރު ކުރުވުމުން. މިއަދު އެސިޔާސަތުތަކުގެ ގެއްލުން މާލޭގެ ރައްޔިތުންނަށާއި ދިވެހި އެންމެހާރައްޔިތުންނަށް ފޯރަމުންދާއިރު، މާލެއަށް ހިޖުރަކުރަން މަޖުބޫރުކުރުވި ރައްޔިތުންނަކީ އިޒްރޭލުގެ މީހުން ކަމުގައި ސިފަވާގޮތަށް ވާހަކަފުޅު ދެއްކެވުމީ ހިތާމަހުރި ކަމެއް.
މެމްބަރު ޔާސިރު އަބުދުލް ލަތީފް ޓުވީޓުގައި އިތުރަށަ ބުނެފައި ވެއެވެ.
2/2 އެގޮތް މަޖުބޫޫރު ކުރުވުމުން. މިއަދު އެސިޔާސަތުތަކުގެ ގެއްލުން މާލޭގެ ރައްޔިތުންނަށާއި ދިވެހި އެންމެހާރައްޔިތުންނަށް ފޯރަމުންދާއިރު، މާލެއަށް ހިޖުރަކުރަން މަޖުބޫރުކުރުވި ރައްޔިތުންނަކީ އިޒްރޭލުގެ މީހުން ކަމުގައި ސިފަވާގޮތަށް ވާހަކަފުޅު ދެއްކެވުމީ ހިތާމަހުރި ކަމެއް.
— Yasir Abdul Latheef (@YasirLathyf) February 9, 2020
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!