އަލަށް ފެނިފައިވާ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ނުވަތަ ފަރުވާކުރުމަށް ޚާއްޞަ ބޭހެއް މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ.

އެހެން ނަމަވެސް އެ ވައިރަސް ޖެހިފައިވާ މީހުންގެ ކިބައިން ފެންނަ އަލާމަތްތަކަށް އެކަށީގެންވާ ފަރުވާ ދޭންވާނެއެވެ. އަދި ބަލީގައި ހާލު ދެރަވާ ފަރާތްތަކަށް ސަޕޯރޓިވް ކެއަރ ދޭންޖެހެއެވެ.

Ad
rt

މި ބައްޔަށް ޚާއްސަ ފަރުވާއެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ ސިއްޚަތު ޖަމުޢިއްޔާއާއި، އެހެނިހެން ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ކޮރޯނާ ވައިރަަސްއަށް އެންމެ އަވަހަށްވެސް ވެކްސިންއެއް ތައްޔާރުކުރެވޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރަށް ކަމަށް އެ ވައިރަހަށް ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންދާ ސައިންޓިސްޓެއް ވަނީ ބުނެފައެވެ.

ކޮރޯނާވައިރަސްއަށް އެންމެ ފަރުވާހޯދުމަށް މަސައްކަތްކުރަމުންދާ ލަންޑަންގެ އިމްޕީރިއަށް ކޮލެޖުގެ "މިއުކޯސަލް އިންފެކްޝަން އެންޑް އިމިއުނިޓީ"ގެ އިސްކޮށް އުޅުއްވާ ރޮބިން ޝެޓޮކް އާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވާގޮތުން މިވަގުތުވެސް އެވައިރަސް އަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

ޗައިނާއިން މިހާތަނަށް އެވައިރަސްގެ ސަބަބުން 908 މީހުންވަނީ މަރުފައެވެ. އަދި 40171 މީހުންނަށް ވަނީ އެ ޤައުމުގައި އެވައިރަސް ޖެހިފައެވެ. ނިވިޔޯކު ޓައިމްސް ބުނާ ގޮތުން ވޭތުވި 24 ގަޑި އިރު ތެރޭ 3062 މީހުނަށް އަލަށް އެ ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައިވެއެވެ.