ނިމުނު 2019 ވަނަ އަހަރު މޯލްޑިވްސް އިމިގްރޭޝަންގެ ހާޟިރީން 100 އިންސައްތަ ހޯދައި، އިމިގްރޭޝަންގެ އެޓެންޑެންސް އެވޯޑް ހޯދި ހަތަރު މުވައްޒަފުންތެރޭ ހދ. ހަނިމާދޫއާއި ހއ. ހޯރަފުއްޓަށް ނިސްބަތްވާ އޮފިސަރުން ހިމެނިއްޖެއެވެ.

2019 ވަނަ އަހަރު އިމިގްރޭޝަންގެ ހާޟިރީން ސަތޭކަ އިންސައްތަ ހޯދައި، އެ އެވޯޑް ހާސިލް ކުރި ހަނިމާދޫއަށް ނިސްބަތްވާ ދެ އޮފިސަރުންނަކީ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު އަބުދު ﷲ ޝަހީދާއި، އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު އަޙުމަދު ޝާހެވެ.

Ad
rt

އެ ދެ އޮފިސަރުންނަކީވެސް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިމިގްރޭޝަން އޮފީހުގައި މަސައްކަތް ކުރާ ދެ އޮފިސަރުންނެވެ.

އިމިގްރޭޝަންގެ ހާޟިރީން 100 އިންސައްތަ ހޯދައި، އެވޯޑް ހޯދި ހޯރަފުށްޓަށް ނިސްބަތްވާ އޮފިސަރަކީ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު އިބާދު ﷲ އަބުދުލް ވާޙިދެވެ.

ހަތަރުވަނަ އޮފިސަރެއްގެ ގޮތުގައި އެ ޝަރަފް ހޯދީ އިމިގްރޭޝަން އޮފިސަރު ޢަލީ ޙަސަނެވެ.

އިމިގްރޭޝަނުންވަނީ އެމުވައްޒަފުންނަށް މަރުޙަބާ ކިޔައި، އެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދީފައެވެ.