ފެނަކައިން ހއ އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ހއ އުތީމުގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭ މަސައްކަތް މިއަދު ފައްޓަވައިދެއްވީ އުތީމުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު އާއި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އެވެ.

Ad
rt

މި މަސައްކަތް ހަވާލުކޮށްފައިވަނީ ނަސާ ލިންކް ޕވޓ ލޓޑ އާއެވެ. ފެނަކަ އާ މިކުންފުންޔާއި ދެމެދު މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ.

ނަސާ ލިންކް އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 7,030,106.48 ރުފިޔާއަށް މި އަހަރުގެ ނޮވެމްބަރ މަހުގެ 5 ވަނަދުވަހު ނިންމާ ގޮތަށެވެ.
މި މަސައްކަތުގެ އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ ނަސާ ލިންކްގެ ފަރާތުން އެކުންފުނީގެ އެމްޑީ އަލީ އަބްދުލް ރަޙްމާންއެވެ. ފެނަކަ އިން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއެވެ