އޮސްޓްރޭލިއާގައި އުޅޭ ނުރައްކާތެރި ވާލުގެ ވައްތަރެއްކަމަށްވާ "އޮސްޓްރޭލިއަން ބެޓް" އޮސްޓްރޭލިއާގެ އަވަށެއް ކަމުގައިވާ ކްއީންސްލޭންޑްގެ އިންގާމް ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލައިފިއެވެ.

Ad
rt

މި ނުރައްކާތެރި ވާލަކީ ލިސަވައިރަސް (އޭބީއެލް) ކިޔާ ބައްޔެއް ވެސް ފަތުރާ ވާލެކެވެ. އާބާދީގެ ގޮތުން 4500 ހާ މީހުން އުޅެމުން އަންނަ މިއަވަށުގެ ފަޒާ ވަނީ ވާލު ތަކުން ފުރާލާފައެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ވީޑިއޯ ތަކުން އަދި އެއަވަށުގައި ދިރިއުޅޭ މީހުން ހިއްސާކޮށްފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި މުޅި އެ އަވަށުގައި އެއް އަޑަކުން އިވެމުން ދަނީ ވާލުގެ ބިރުވެރި އަޑެވެ.

އާދަޔާއި ހިލާފަށް އެއަވަށުގައި ވާލު ގިނަވާންފެށީ މީގެ ދެއަހަރު ކުރިންނެވެ. އެއަވަށުގައި ވާލު މެރުމަކީ މަނާކަމެކެވެ. ނަމަވެސް އެއަވަށުގެ ކައުންސިލުން މިހަރުވަނީ ވާލު މަދުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

ވީޑިއޯ ތަކުގައި ބުނެފައިވަނީ މިވާލުތަކުގެ ސަބަބުން އެއަވަށުގައި ވާލުގެ ނުބައިވަސް ފެތުރިފައިވާކަމަށެވެ. ވާލުގެ އަދަދު ކުއްލިއަކަށް އިންތިހާ އަށް ގިނަވެ، އާންމު ދިރިއުޅުމަށް ބުރުއަރާފައިވާކަމަށް އެމީހުންދަނީ ބުނަމުންނެވެ. ކުއްލިއަކަށް ވާލު މިހާ ގިނަވާން ފެށި ސަބަބެއް ސާފުވެފައި ނުވާއިރު މިކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު އޮތްކަމަށް ބުނެފައިވެއެވެ.

ވާލު ބައިގަނޑު ގިނަކަމުން ބައެއް މީހުން އެކަން ސިފަކުރަނީ މުޅި އޮސްޓްރޭލިއާގައި އުޅޭހާ ވާލުތައް އިގާމަށް ޖަމާވެފައިވުން ކަމުގަ އެވެ. މިކަހަލަ ވާލަކީ އާދަޔާ ހިލާފަށް ބޮޑެތި ވާލުތަކެކެވެ.

މީގެ ވާލަކާ ކޮންޓެކްޓްވެއްޖެ ނަމަ ލިސަވައިރަސް (އޭބީއެލް) ކިޔާ ބަލި އިންސާނުންނަށް ފެތުރެ އެވެ. އޭބީއެލް އެންމެ ފުރަތަމަ އޮސްޓްރޭލިއާ އިން ފެނުނީ 1996 ގަ އެވެ. އަދި އޭގެ ސަބަބުން ބަޔަކު މަރުވެސް ވެފައިވެ އެވެ.