ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމުގެ ޓިކެޓް އަބްދުއްރައްޒާގު އަޙުމަދު ކަށަވަރުކޮށްފި އެވެ.
ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ދެ ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އެއީ އަބްދުއްރައްޒާގު އަޙުމަދު / ގޭޖް(ކަންބުރު) އާއި ނިޒާރު މޫސާ / ޒަމްޒަމް، އެވެ.
އެގޮތުން ޕްރައިމަރީގައި އެންމެ ފޯރިޔާއި އެކު ވޯޓުލާފައިވަނީ ކުޅުދުއްފުށީގައެވެ. ހދ އަތޮޅުގެ އެހެން ރަށްރަށުން މިއިންތިހާބަށް ލިބިފައިވަނީ ފިނި ތަރުޙީބެކެވެ.
ކުޅުދުއްފުށީގައި ޕީޕީއެމްގެ ދަފްތަރުގައި 939 މެމްބަރުން ވޯޓްލުމުގެ ހައްގު ލިބިފައިވާ އިރު ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ދިޔަ އެ ޕާޓީގެ ޕްރައިމަރީގައި ވޯޓްލާފައިވަނީ 573 މެމްބަރުންނެވެ. ބާތިލް ވޯޓްގެ ގޮތުގައި 20 ވޯޓްވަނީ ގުނާފަ އެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!