އުތުރުގެ އަތޮޅުތަކަށް ބިންހެލުމުމެއްގެ އަސަރުކޮށްފި އެވެ.
މިރޭ ދަންވަރު އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯރޓްތައް ވަނީ ލިބިފައިކަމަށާއި މިގޮތުން ބެލި ބެލުމުން، ހަނިމާދުގައި ގާއިމް ކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖޭގަޑިން މިރޭ ދަންވަރު 01:47 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރިކޯޑު ކުރެވިފައިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފައިވެއެވެ.
— Maldives Meteorology (@MetMaldives) February 5, 2020
މިގެ އިތުރުން އެ އިދާރާއިން ބުނެފައިވަނީ މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތި ވާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށެވެ.
— Ahmed Saleem (@SalleHoarafushi) February 5, 2020
ހއ އަތޮޅު އިހަވަންދޫ، އުތީމު އަދި ހދ އަތޮޅު ކުޅުދުއްފުށި ސިޓީއަށް މި ބިން ހެލުމުހެ އިޙްސާސް ކުރެވިފައިވާކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުންދަނީ ބުނަމުންނެވެ. މީގެ އިތުރުން ގިނަބަޔަކަށް މިބިން ހެލުމުގެ އިޙްސާސް ކުރެވި މީސްމީޑިޔާގައި ދަނީ ލިޔަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!