ޅ. މަޑިވަރު އެއަރޕޯޓާ ދިމާލުގައި ކަނޑުމަތީގައި ލޯންޗަކާއި ޑިންގީއެއް ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 8:26 ހާއިރުއެވެ.

Ad
rt

ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި ޑިންގީގައި ތިބި 3 މީހުންނަށް ވަނީ އަނިޔާވެފައެވެ. އެމީހުންނަށް މިވަގުތު ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށްފަހު ގެއްލިފައިވާކަމަށެވެ.

‘’ބޮޑަށް ބެލެވެނީ އަޑިއަށް ދިޔައީ ކަމަށް، މިހާތަނަށް ކުރެވުނު މަސައްކަތުން ޑިންގީ ފެނިފައެއްނުވޭ’’ ފުލުހުން ބުންޏެވެ.

މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.