14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 2 ބިދޭސީން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ އަޕަ ނޯތު ޕޮލިސް ޑިވިޒަނަށް ހިމެނޭ ރަށެއްގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު 50 އަހަރުގެ 2 ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް މި ދެ މީހުން ބަންދުގައި ބޭތިއްބުމަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ފުލުހުން ބުނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ އެ މުއައްސަސާއިން ސީރިއަސްކޮށް ބަލަމުންދާނެ މައްސަލަތަކެއް ކަމަށެވެ.
މައްސަލަ ހުށަހެޅި ވަކި ރަށެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!