ދިވެހިރާއްޖެއިން ކޮރޯނާ ވައިރަހަށް ޝައްކުކުރެވިގެން ކަރަންޓީންކޮށްފައިވާ އެންމެންގެ ޓެސްޓްތަކުގެ ނަތީޖާ ލިބިފައިވާއިރު އެ އެންމެންވެސް ވައިރަހަށް ނެގެޓިވްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ މިހާރު މަޖިލީހުގައި އިއްވަވަމުން ގެންދަވާ ރިޔާސީ ބަޔާނުގެ ތެރެއިންނެވެ.
މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން އޭގެ ތެރެއިން އެކަކުވެސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައި ނުވޭ. މި ނުރައްކާތެރި ވަބާއިން ހުރިހާ ދިވެހިން މިންޖުކުރެއްވުން އެދި ﷲގެ ހަޟްރަތުގައި އަޅުގަނޑު ދުޢާ ކުރަން،
ރައީސް ސޯލިހް ވިދާޅުވިއެވެ.
Great news: no samples positive for #2019nCoV in the Maldives so far @MoHmv
— Health Protection Agency (@HPA_MV) February 3, 2020
ދިވެހިރާއްޖެއިން ކޮރޯނާ ވައިރަހަށް ޝައްކުކުރެވިގެން ކަރަންޓީންކޮށްފައިވަނީ 3 މީހެކެވެ. އެ މީހުންގެ ޓެސްޓްތައް ރާއްޖެއިން ހެދެން ނެތުމުން ޓެސްޓްތައް ހެދުމަށް ފޮނުވީ އަވަށްޓެރި އިންޑިޔާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!