ހދ. ނޮޅިވަރަންފަރު އަދި ހދ. ހަނިމާދޫގައި ޢިމާރާތް ކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓްގ ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ކޮށްފައިވާ ޢިއުލާނެއްގައި ބުނަނީ، ނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ އެދިލެއްވުމަށް، ހދ. ނޮޅިވަރަންފަރު އަދި ހދ. ހަނިމާދޫގައި ޢިމާރާތް ކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓްގ ނިންމުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

Ad
rt

އެމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ހުޅުވާލާ ކަމަށް އެޢިއުލާނުގައި ވެއެވެ.

އެކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ 5 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

އެ ދެރަށުގައި އެކި މަރުހަލާގައި ހުރި މިގެތަކީ ރައީސް ވަޙީދުގެ ސަރުކާރުގައި ޢިމާރާތް ކުރުމަށް ނޫމަޑިއާއި ހަވާލު ކުރެވުނު ގެތަކެކެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ނޫމަޑިއާއިއެކު އެ މަސައްކަތް ނިންމުމަށް ހަދާފައިވާ އެއްބަސްވުން ބާޠިލް ކުރުމުން އެ މަސައްކަތްވަނީ ހުއްޓިފައެވެ.

އެ މަސައްކަތް ހިމެނޭހެން މިސަރުކާރުން ނޫމަޑިއަށްވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ނޫމަޑިއާއިއެކު އެ މަސައްކަތް ނިންމުމަށް ހަދާފައިވާ އެއްބަސްވުން ބާޠިލް ކުރުމުން ލިބުނުގެއްލުމުގެ ބަދަލު ނަގައިދީފައެވެ.