ށ. މިލަންދޫގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.
މި މެއި މަހުގެ 27 ވަނަ ދުވަހު މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މިލަންދޫގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ތިން ކަރުދާސްކޮޅު ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ:
ށ. މިލަންދޫ / ވެނީލާހައުސް، އަޙްމަދު ޢާލިމް (32 އަހަރު)
ށ. މިލަންދޫ / އިރުމަތީގެ، މުޙައްމަދު ސާމިރު (37 އަހަރު)
ށ. މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29 އަހަރު)
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 12 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގެ ތަޙްޤީޤު މިލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!