އީދު ބަންދާ ގުޅިގެން މިހާރު ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތަކުގެ އިތުރުން އިތުރު ދުވަހެއް ބަންދު ނުވާނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސަޢޫދީ ޢަރަބިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން، ޙައްޖު ދުވަހާއި އަޟްޙާ ޙާ ޢީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.

Ad
rt

ސަޢޫދީ ޢަރަބިއްޔާއަށް 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވާ ކަމަށް އިއްޔެ ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުޖް ހައްޖުމަހުގެ 1 ވަނަ ދުވަހަކީ މިއަދުއެވެ. ސައޫދީއަށް ހަނދުފެނުމާއެކު ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މީލާދީ ސަނަތުން މިއަދަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ އެއް ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން ޖޫން މަހުގެ ފަސް ވަނަ ދުވަހަކީ މި އަހަރުގެ ހައްޖު (އަރަފާތު) ދުވަސް ކަމުގައި ރާއްޖެއިންވެސް ކަނޑައަޅާފައިވާ ކަމަށެވެ.