ށ. ފޯކައިދޫ މަގުތަކުގައާއި ގޯޅިތަކުގައި އާންމުންނަށް އުނދަގޫވާގޮތަށް ހެދިފައިވާ ގަސްތަކާއި ގަހުގެ ގޮފިތަކާއި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ.

ފޯކައިދޫ މަގުތަކުގައި އުނދަގޫވާގޮތަށް އިންދާފައިވާ ގަސްތަކާއި ބަހައްޓާފަައިވާ ހުރި ތަކެތި ނެގުމަށް އެދިއްޖެ

Ad
rt

ފޯކައިދޫ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަށުގައި ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އުނދަގޫވާގޮތަށް މަގުތަކާއި ގޯޅިތަކުގައި ހެދިފައިވާ ގަސްތަކާއި ގަހުގެ ގޮފިތައް ވަކި މުއްދަތެއް ތެރޭގައި ނެގުމަށް އެދޭކަމަށެވެ.

އެގޮތުން، މި ގަސްތަކާއި ގަހުގެ ގޮފިތައް 19 މެއި 2025 އިން ފެށިގެން 7 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކޮށައި، އަދި ނަގަން ޖެހޭ ތަކެތި ނެގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކައުންސިލުން ދީފައިވާ މުއްދަތުގެ ކުރިން އެ ފަރާތްތަކުން ނުނަގާ ތަކެތި ނަގައި، ކޮށަން ޖެހޭ ގަސްތަކާއި ގޮފިތައް ކޮށާނެކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ގަސްތައް ކޮށުމުގެ ތެރޭގައާއި ތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ކައުންސިލުން ނުނަގާނެކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

ކައުންސިލުން ވަނީ އެރަށު މަގުތަކާއިގޯޅިތަކުގައި މީހުންނަށް އުނދަގޫވާނެހެން ބަހައްޓާފައިވާ ތަކެތި ވެސް މި މުއްދަތުގެ ތެރޭގައި ނަގައިދިނުމަށް އެެދިފައެވެ.

ކައުންސިލުން އަންނާ މިފަދަ އެންގުންތަކަށް ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުކުން ފާހަގަކޮށް، އާންމުންގެ ފަސޭހައަށާއި ރައްކާތެރިކަމަށް ފަރުދީ ޒިންމާ އަދާކުރައްވަން އެދިފައިވެއެވެ.