ޕްރޮގްރެއްސިވް ކޯލިޝަނުގެ ބޮޑު ޖަލްސާއެއް ރޭ ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ.

އެ ކޯލިޝަނުން އުތުރަށް ފެށި ދަތުރުގައި، ހދ. އަތޮޅުގެ ފަހު މަންޒިލެއްގެ ގޮތުން ރޭގައި ކުޅުދުއްފުށީ ސިޓީގައި ބޭއްވި އެ ޖަލްސާއަށް ގިނަ އަދަދެއްގެ އެސިޓީގައި އުޅޭ އެ ކޯލިޝަންގެ ސަޕޯޓަރުން ބައިވެރިވެއެވެ.

Ad
rt

ރޭގެ އެޖަލްސާގައި އެ ކޯލިޝަންގެ އިސްވެރިން ކަމުގައިވާ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދު ﷲ އާއި، ނައިބު ރައީސް އިބްރާޙީމް ސުޖާއުއާއި، އާދަމް ޝަރީފާއި، ޕީޕީއެމްގެ ނައިބު ރައީސުން ކަމުގައިވާ އަހުމަދު ޝިހާމާއި އަދި ޤައްސާން މައުމޫނު ބައިވެރިވެ ވަޑައިގަތެވެ.

ޕްރޮގްރެއްސިވް ކޯލިޝަންގެ ފަރާތުން ހދ. އަތޮޅަށް ކުރި ދަތުރާއި ބެހޭ ގޮތުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ އެ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި، ދަތުރުން ރައްޔިތުން ތިބިގޮތް އެނގިގެން ގޮއްސި ކަމަށެވެ.

ސުޖާޢު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހދ. އަތޮޅުން އެކޯލިޝަނުން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރާނެކަމަށެވެ.