ތަރމޯ ގްރެފިކް ކެމެރާއެއްގެނެސް މިރެއިން ފެށިގެން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ކޮރޯނާވައިރަސްއަށް ސްކްރީންކުރަން ފަށަން ތައްޔާރު ވެއްޖެއެވެ.
މިރޭ ހަނިމާދޫ - ކޮޗިން ފްލައިޓްގެ ޕަސިންޖަރުން ސްކްރީންކުރަން މިހާރު ތައްޔާރުވެފައިވާއިރު، މިރެއިންފެށިގެން ހަނިމާދޫ މަގުން އޮޕަރޭޓްކުރާ ހުރިހާ ފްލައިޓެއްގެ ޕަސެންޖަރުން ސްކުރީން ކުރަމުން ގެންދާނެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހަފްތާއަކު އިންޑިއާގެ ޓްރެވެންޑްރަމްއަށް 2 ފްލައިޓް އަދި ކޮޗިންއަށް 3 ފްލައިޓް އޮޕަރޭޓް ކުރާ އެއަރޕޯޓެކެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް މޯލްޑިވިއަނުން އެވްރެޖްކޮށް ދުވާލަކު 5 ޑޮމެސްޓިކް ފްލައިޓް އޮޕަރޭޓްކުރާއިރު، އިންޓަރނޭޝަނަލް ފްލައިޓް އޮޕަރޭޓްކުރާ 3 ރޭ، ޖުމްލަ 9 ފްލައިޓް އޮޕަރޭޓް ކުރެއެވެ. އަދި އެޑިޝަނަލް ފްލައިޓުތައްވެސް އެ އަރޕޯޓަށް ވަރަށް ގިނައިން އަޅައެވެ.
އެއަރޕޯރޓްގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުންލަސްވާތީ އެ އަރޕޯރޓުގެ ބައެއް މުވައްޒަފުންނާއި ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތަރމޯ ގްރެފިކް ކެމެރާއެއްގެނެސް މިރެއިން ފެށިގެން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ކޮރޯނާވައިރަސްއަށް ސްކްރީންކުރަން ތައްޔާރުވެފައިވާއިރު، މީގެ އެއްދުވަސް ކުރިންވަނީ މާސްކްވެސް ގެނެސްފައެވެ.
ހަނިމާދޫ މަގުން އިންޓަރނޭޝަނަލް ފްލައިޓްތައް ބާއްވާ އިންޑިއާއިންވެސްވަނީ ކޮރޯނާ ވައިރަސް ފެނިފައެވެ. އިންޑިއާއިން އެ ވައިރަސް ފެނިފައިވަނީ ހަނިމާދޫ މަގުން ދަތުރުކުރާ ޓްރެވެންޑްރަމާއި ކޮޗިން ނިސްބަތްވާ ކެރެލާ ސްޓޭޓުންނެވެ. އެ އަރޕޯރޓަކީ ގިނަ ޢަދަދަކަށް ފަތުރުވެރިންވެސް ބޭނުންކުރަމުންދާ އެއަރޕޯޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!