ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ހދ އަތޮޅު ކައުންސިލް ރައީސްކަމަށް އެމްޑީޕީން ވާދަކުރުމުގެ ޓިކެޓު މުޙަައްމަދު ސިރާޖު ކަށަވަރުކޮށްފިއެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 3 ފަރާތަކުން ކުރިމަތިލާފައިވާއިރު މިވަގުތާއި ހަމައަށް ލިބުނު ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ކުރީގައި އުޅެނީ ސިރާޖު އެވެ.

Ad
rt

ހދ އަތޮޅު ކައުންސިލް ރައީސް - ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީ 2020 ނަތީޖާ

1001 ވޯޓް
51
މުޙައްމަދު ސިރާޖު، ފެސްކޯ / ހދ ވައިކަރަދޫ
353 ވޯޓް
18
އަންސޫދާ ޢަބްދުލްކަރީމް ، ކެނެރީގެ / ހދ ހަނިމާދޫ
616 ވޯޓް
31
މުޙައްމަދު ސިޒާން، ގްރީންވިލާ / ހދ ނޭކުރެންދޫ

މިހާތަނަށް ގުނި ވޯޓުގެ ޖުމްލަ އަދަދަކީ 2043 ވޯޓެވެ. މިވަގުތަށް ނަތީޖާ ލިބިފައިނުވަނީ ހިރިމަރަދޫގެ ނަތީޖާ އެކަންޏެވެ.

ހއ އަތޮޅު ކައުންސިލްގެ ރައީސް ގެ މަޤާމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ނެވެ. އެއީ މޫސާ ޝަފީޤް ނިޝާން ހއ ދިއްދޫއެވެ. އެހެން ކަމުން ޕްރައިމަރީއަކށް ނުގޮސް މޫސާ ޝަފީގް އަށް މިވަނީ އެމްޑީޕީގެ ޓިކެޓް ކަށަވަރު ވެފައެވެ.

ހއ އަތޮޅު ރަށު ކައުންސިލް ތަކަށް ޖުމްލަ 95 ފަރާތަކުން ކުރިމަތިލާފައިވާއިރު ހދ އަތޮޅުން 58 ފަރާތަކުން ވާދަކުރާނެއެވެ. ށ. އަތޮޅު ރަށު ކައުންސިލްތަކަށް 86 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.