ހއ.އަތޮޅު ހޮސްޕިޓަލްގެ ނަންބަރުތަކަށް ގުޅުން ދަތިތަކެއް ކުރިމަތިވެދާނީ އިމަރޖެންސީ ނަންބަރަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.

އެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލްގައި ދިރާގުގެ ކްލައުޑް ވޮއިސް ސިސްޓަމްގެ މެއިންޓެނަންސް މަސައްކަތެއް ކުރަމުން އަންނަކަމަށެވެ.

Ad
rt

މި މަސައްކަތް ހިނގާތީ އެ ހޮސްޕިޓަލްގެ ބައެއް ނަންބަރުތަކަށް ގުޅުމުގައި ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ،

އެހެންވެ އިމަރޖެންސީ ޙާލަތްތަކުގައި އެ ހޮސްޕިޓަލްގެ 7290054 އަށް ގުޅުއްވުމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ އެދިފައެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެމުން، މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ހއ. އަތޮޅު ހޮސްޕިޓަލް ހުންނަނީ ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައެވެ. އެ ހޮސްޕިޓަލަކީ ހއ. އަތޮޅުގެ ރަށްތަކުގެ އިތުރުން ހދ.އަތޮޅުގެ ބައެއް ރަށްތަކުގެ ރައްތިޔިތުން ވެސް ޚިދުމަތް ހޯދުމަށް ދާ ހޮސްޕިޓަލެކެވެ.