މާދަމާ ބޮޑު ތިލަދުންމައްޗަށް "ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު" ކުރޫއިން އެޓީމުގެ މަސައްކަތް ފަށާނެކަމަށް އެޓީމުން ބުނެފިއެވެ.

އެމްއެމްޕީއާރްސީ އާއި "ހާޓުސީނު" ގުޅިގެން ގެނެސްދޭ "ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު" ޓްރެވަލް ޑޮކިއުމަންޓްރީ ވީލޮގް "ވިޒިޓް މޯލްޑިސް ފްރޮމް ހާޓުސީން" އަކީ ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަގްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީއެކެވެ.

Ad
rt

ހާޓުސީންގެ ފައުންޑަރ އަލީ ހަމީދު ބުނީ، މާދަމާ އެޓީމުން މަސައްކަތް ފަށާނީ ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ ތުރާކުނުން ނެވެ. މިދަތުރުގައި އެޓީމުން ދާކޮންމެ ރަށެެއްގައި ފަތުރުވެރިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކާއި އެސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރޭގަނޑު ވޯކްޝޮޕްއެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިޔާ މާކެޓިން އަދި ކަސްޓަމަރ ސަރވިސް ހޭންޑުލް ކުރާނެ ގޮތުގެ މަޢުލޫމާތު ދޭނެކަމަށެވެ. އަދި ތިމާވެއްޓާއި އާސާރީ ތަރިކަތަކުން ފަތުރުވެރިކަމަށް ކުރާނެ ފައިދާތަށް ކިޔައިދޭނެކަމަށް ބުނެފައިވެއެވެ.

މާދަމާއިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހާ ހަމައަށް ހއ، ހދ އަދި ށ އަތޮޅުގެ ރަށްރަށުގައި މި ޓްރެވަލް ޑޮކިއުމަންޓްރީގެ މަސައްކަތް ކުރިއަށްދާނެކަމަށާއި މިވީލޮގް ތަކުގެ ސަބަބުން ރާއްޖެއަށް އަންނަން ގަސްތުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ވީލޮގެއް ކަމަށް "ވިޒިޓް މޯލްޑިވްސް ފްރޮމް ހާޓުސީނު" އިފްތިތާޙް ކުރިރޭ ހާޓުސީންގެ ފައުންޑަރ އަލީ ހަމީދު ބުނެފައިވެއެވެ.

މި ވީލޮގުގައި ދައްކައިދޭނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި، ރަށްފުށުގެ ދިރިއުޅުން ކަމަށްވެސް ބުނެފައިވެއެވެ.

މި ވީލޮގް ނެގުމަށްޓަކައި ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ދެއަހަރު ބައިގެ މުއްދަތެއްހެ ތެރޭ ކުރާ މި ދަތުރުގެ ބޭނުމަކީ ފަތުރުވެރިންނަށް ރާއްޖޭގެ ރަށްތައް އޮންނަ ގޮތާއި ރަށްރަށުގައި ފަތުރުވެރިންނަށް ކުރެވެން ހުރި ތަޖުރިބާތައް އަންގައިދިނުން ކަމަށް އެޓީމުން ބުނެއެވެ.

ޖުމްލަ 41 އެޕިސޯޑްގެ މައްޗަށް ތައްޔާރުކުރާ މި ސީޒަންގެ ކޮންމެ އެޕިސޯޑެއްގައި 45 މިނިޓްގެ ޑޮކިއުމެންޓްރީއެއް ދެއްކުމަށް ހަމަޖެހިފައިވާއިރު، ދަތުރު ކުރިއަށްދާއިރު ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކާއި ވެބްސައިޓް މެދުވެރިކޮށް އަޕްޑޭޓް ކުރެވެމުންދާނެ އެވެ.

"ހާޓުސީން"ގެ އެކްސްލޫސިވް ޓައިޓަލް ސޮޕޮންސަރ އަކީ "ވިޒިޓް މޯލްޑިވްސް" އެމްއެމްޕީއާރުސީއެވެ.

އެކްސްލޫސިވް އޯޝަން ބްރޭންޑް އަކީ "މާރެސް- ޖުސްޓް އެޑް ވޯޓަރ" އެވެ. އެކްސްލޫސިވް ވީޑިއޯ އިކުއިޕްމެންޓް ޕާރޓްނަ އަކީ "ސްޓަރބިސިސް" އެވެ. އެކްސްލޫސިވް ބްރޭންޑިން މާރޗަންޑައިސް ޕާރޓްނަރއަކީ "އައިހާ" އެވެ. އެކްސްލޫސިވް އިވެންޓް އޮރގަނައިޒަރސް އަކީ "އޮބްޖެކްޓްސް "އެވެ. ސީޒަން ވަންގެ އޮފިޝަލް އޮންލައިން ޕާރޓްނަރ އަކީ "ތިލަދުން" އެވެ.