ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ތާއީދު ކުރަށްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އެއް ބުރުން ނެރުމަށް ޤާނޫނު އަސާސީ އަށް ބަދަލުގެނައުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅަކީ ޕްރިފެރެންޝަލް ވޯޓާއެކު އެ ބަދަލު ގެނައުންކަމަށް ވެސް އަޑުފެތުރިފަވެއެވެ.
މި ބަހުސް ދިވެހިންގެ ތެރޭގައި މިހާރު ގަދަވެފައިވާއިރު، ދަ ޑިމޮކްރެޓިކްސް ޕާޓީގެ ވެސް މުގޫ ކަމުގައިވާ ރައީސް ނަޝީދު މިއަދު އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަކީ ރަނގަޅު ގޮތެކެވެ.
''ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއްކަމުގައި އަޅުގަނޑުދެކެން'' ނަޝީދު ވިދާޅުވެފަވެއެވެ.
Preferential vote aai eku nama eh burun vote laa ninmaa sarukaareh ufadhdhaa usoolakee rangalhu usooleh kamah alhugandu ves dheken.
— Mohamed Nasheed (@MohamedNasheed) April 20, 2025
މިދިޔަ ހަފުތާގައި މުލީއާގޭގައި ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި، ވަޒީރުންނާއި ކުންފުނިތަކުގެ ބައެއް އެމްޑީންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމެއްގައި މި ވިސްނުންފުޅު ހާމަކުރަށްފައި ކަމަށްވެއެވެ. އަދި ރިޔާސީ އިންތިޚާބާއި، މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމުގެ ވިސްނުންފުޅުވެސް ހާމަކުރަށްވާފައިވެއެވެ.
މި ބަދަލަށް އިދިކޮޅު އެމްޑީޕީން ތާއީދެއް ނުކުރެއެވެ.
ރާއްޖޭގައި ދެން ރިޔާސީ އިންތިޚާބު އޮންނާނީ 2028 ވަނަ އަހަރުއެވެ.
ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކީ ޑިމޮކްރެޓިކް ގިނަ ގައުމުތަކެއްގައި މިހާރު ވެސް އަމަލުކުރަމުންދާ ނިޒާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!