އިންޑިއާއިންވެސް ކޮރޯނާ ވައިރަސްފެނިއްޖެއެވެ.
ކޮރޯނާވައިރަސް ފެނިފައި ވަނީ ޗައިނާގެ ވޫހާން ސިޓީން އިންޑިއާ އަށް ދަތުރުކުރި ދަރިވަރެއްގެ ގައިންކަމަށް މީޑިއާ ޚަބަރުތައް ބުނެއެވެ.
އެ ވައިރަސް ފެނިފައި ވަނީ ދިވެހިން ގިނަ އަދަދަކަށް ބޭސް ފަރުވާއަށް ދަތުރުކުރާ ޓްރެވެންޑްރަމާއި، ކޮޗިން ނިސްބަތްވާ ކެރަލާ ސްޓޭޓުގެ ދަރިވަރެއްގެ ހަށިގަނޑުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނީ، އެ ވައިރަސް ފެނުނު ދަރިވަރަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
އިންޑިއާ ސަރުކާރުން ވަނީ އެގައުމުން އޮތީ ވައިރަސް ފެތުރިދާނެތީ ތައްޔާރަށްކަމަށް ބުނެފައެވެ. އަދި އެއާޕޯޓުތަކުގައި މީހުންގެ ހުން ބަލަން ތާމަލް ސްކްރީނިން ސެންސަރުތައް ބަހައްޓާފައިވާ ކަމަށާއި އެއާޕޯޓުތައް ކައިރީގައި އެމްބިއުލާންސްތައް ބާއްވާފައިވާ ކަމަށް ބުންޏެވެ.
އިންޑިއާއަކީ ދިވެހިން ގިނަ ޢަދަދަކަށް ދަތުރުކުރާ މަންޒިލަކަށް ވީއިރު އެފަދަ އެހެން ދިވެހިން ގިނަ ޢަދަދަކަށް ދަތުރުކުރާ މަންޒިލްތައް ކަމަށްވާ ސްރީލަންކާ، ތައިލެންޑް، މެލޭޝިއާއިންވެސް ވަނީ އެ ވައިރަސް ފެނިފައެވެ.
އެބަލި މިއަދުވަނީ ފިލިޕީންސުންވެސް ފެނިފައެވެ. އެ ޤައުމުން އެ ވައިރަސްގެ އަސަރުކޮށްގެން ފެނިފައިވަނީ އުމުރުން 38 އަހަރުގެ ޗައިނާގެ އަންހެނެއްގެ ގައިންނެވެ. އެމީހާ ފިލިޕީންސަށް ވުހާން އިން އައިސްފައިވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!