ބިރު ދެއްކުންތަކާއި އިންޒާރުތަކާއި ގުޅިގެން ހިޝާން ޤައުމު ދޫކޮށްދާން ބޭނުންވާ ކަމަށް ބުނެފިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ރާއްޖޭގައި ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ބަޔަކަށް އެހީވުމުގައި ނަމޫނާ ދައްކަމުންދާ އަހުމަދު ހިޝާން އެހެން ބުނީ ކޮށްފައިވާ ޓުވީޓެއްގައެވެ.
@ibusolih @MohamedNasheed @FaisalNasym @hrcmaldives 18 aharu vandhekah nikamethinge hagguthah hoadhumah maguthakah nukumegen kuri masaiyykathuge hadhiyaa akah libuny birudhekkumaai inzaaru. Mivaru fudhey. Dhen beynumee gaumu dhookoffa dhaan.
— Ahmed Hishan (@AhmedHishan) January 29, 2020
ހިޝާން ބުނީ މިގައުމުގައި ޙައްޤު ބަސް ބުނާ މީހުންނަކަށް ދިރިހުރުމުގެ ޙައްޤެއް ނެތް ކަމަށެވެ. މިހާތަނަށް އޭނާ ކުރި މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި، އެ ފަރާތްތަކުން ދިން ހިތްވަރާއި ކޮށްދިން މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށްވެސް ހިޝާން ބުނެފައިވެއެވެ.
ހިޝާން އިތުރު ޓުވީޓެއްގައި ރައީސް ޞާލިހާއި، މަޖިލިސް ރައީސް ރައީސް ނަޝީދާއި، ނައިބު ރައީސް ފައިޞަލް އަދި ހިއުމަން ރައިޓްސް ކޮމިޝަން ޓެގް ކުރުމަށްފަހު ބުނެފައި ވަނީ 18 އަހަރު ވަންދެން ނިކަމެތިންގެ ޙައްޤުތައް ހޯދުމަށް މަގުމަތަކަށް ނިކުމެ ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު ކަމަށެވެ.
" މިވަރުން ފުދޭ، ދެން ބޭނުމީ ގައުމު ދޫކޮށްދާން "
މިވަރުން ފުދޭކަމަށާއި، ދެން ބޭނުމީ ގައުމު ދޫކޮށްދާން ކަމަށް އެޓުވީޓުގައި ހިޝާން އިތުރަށް ބުނެފައިވެއެވެ.
މުޖުތަމައުގައި ދިރިއުޅޭ ނިކަމެތިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަޅާލުމަކީ ހިޝާންގެ އުފާ ކަމުގައި ހަދައި، ހިޝާންގެ ވަގުތުތައް އެފަރާތްތަކަށް ހުސްކޮށްފައިވާތާ 18 އަހަރު ވެއްޖެއެވެ.
އެފަދަ ގިނަ އަދަދެއްގެ ކުދިންނަށް ދާއިމީކޮށް މާލީ ޢިނާޔަތް ލިބޭނެގޮތަށް، އަމިއްލަ ފަރާތްތަކުންނާއި، ބައެއް ކުންފުނިތަކުން ސްޕޮންސަރ ލިބޭނެގޮތްތައް ޙިޝާން މަސައްކަތް ކުރައްވައިގެން ވަނީ ހައްދަވައިދެއްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ހިނގާބިނގާވެ އުޅުމަށް ޢުޛުރުވެރިވެފައިވާ ފަރާތްތަކަށް، ފުރޮޅުލީ 100 އަށްވުރެ ގިނަ ގޮނޑި، އަމިއްލަ ޚަރަދުގައި ދެއްވައި، މަރާމާތުކޮށްދެއްވަމުން ގެންދަވައެވެ.
ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރައްވައި، ނިކަމެތި ފަރާތްތަކަށް އެނޫންވެސް އެތައް އެހީތެރިކަމެއް ހިޝާން އަންނަނީ ފޯރުކޮށްދީ، މުޖުތަމައުގެ ލޯ ހުޅުވައިދެމުންނެވެ.
މުޖުތަމައުގައި ދިރިއުޅޭ ނިކަމެތިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްޤުގައި މިހާތަނަށް އަޑު އުފުލައި، ހައްޤު ހޯދައި ދިނުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވި އަމިއްލަ ފަރުދަކީވެސް ހިޝާނެވެ.
ހިޝާނަށްވަނީ 2014 އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންށާއި މީހުންނަށް ޚިދުމަތް ކުރުމާއި، ފުދުންތެރިބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!