ހއ.އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ހޯދަން ރައީސް އޮފީހުގައި ދެންނެވުމަށް އެއަތޮޅު ކައުންސިލުން ފާސްކޮށްފިއެެވެ.

ހއ. އަތޮޅު ކައުންސިލުން މިގޮތަށް ފާސްކުރީ 15 އޭޕްރިލް 2025 ގައި ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 155 ވަނަ ބައްދަލުވުމުގައެވެ.

Ad
rt

ހއ. އަތޮޅު ކައުންސިލުން ނިންމާފައި ވަނީ އެ އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް އަތޮޅުގެ ދެ ބިތުން ހަމަޖެއްސުމަށް ދެންނެވުމަށެވެ.

މި ގޮތުން ދެ ރަށެއް އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެއީ ހއ. ގޮއްވާފުށި އަދި ކަނޑާލި ފިނޮޅެވެ.

ކަނޑާލި ފިނޮޅު އޮންނަނީ ވަށަފަރު ފަޅު ތެރޭގައެވެ. ގޮއްވާފުށި އޮންނަނީ ހޯރަފުށީ ކައިރީގައެވެ.

ހއ. އަތޮޅު ކައުންސިލުން ނިންމާފައި ވަނީ މި ދެ ރަށް އަތޮޅު ކައުންސިލަށް ލިބިއްޖެނަމަ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިގެން އެ އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ދެ ރަށް ގޮތުގައި ތަރައްގީ ކުރުމަށެވެ.