ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕްރޮގްރެއްސިވް ކޯލިޝަން ހދ. އަތޮޅަށް ކުރައްވާ ދަތުރެއް ފައްޓަވައިފިއެވެ.
ޕްރޮގްރެއްސިވް ކޯލިޝަންގެ މިޓީމުގައި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲއާއި، ނައިބު ރައީސުނ ކަމުގައިވާ އިބްރާޙީމް ސުޖާއުއާއި، އާދަމް ޝަރީފާއި، ޕީޕީއެމްގެ ނައިބުރައީސް ގައްސާނު މައުމޫނާއި، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުލް ލަޠީފް މުޙައްމަދާއި އަދި ކުރީގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފިދު އަބުދުލް ޤާދިރު ހިމެނި ވަޑައިގަންނަވައެވެ.
ޕީއެންސީގެ ރައީސްގެ ނައިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙީމް ސުޖާއު ވިދާޅުވީ އެ ކޯލިޝަންގެ މިދަތުރުގައި ހދ. ގެ މީހުން އުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް އެ ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތް ކޮށް، އެޕާޓީތަކުގެ ސަޕޯޓަރުންނާއި ބައްދަލުކުރާނެކަމަށެވެ.
އެ ކޯލިޝަނުން ހއ. ކުރި ދަތުރުގައި ހއ. ވަށަފަރުގައިވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!