ރާއްޖޭގައި ޤާއިމުކުރި ފުރަތަމަ ލޮނު ފެކްޓަރީ ހއ. ދިއްދޫގައި ހުޅުވައި، 3 ވައްތަރެއްގެ ލޮނު އުފެއްދުމުުގެ މަސައްކަތް ފަށައިފިއެވެ.
އެމްޑީޕް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާއި، ޖަޕާނުގެ ކުންފުންޏަކާއި ގުޅިގެން ތަރައްޤީކުރި މި ފެކްޓްރީ އަކީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކޮށްފައިވާ 15000 އަކަފޫޓުގެ ބިމެކެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ދިއްދޫގައި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ކައުންސިލުގެ އާމްދަނީއަށް ގާތްގަނޑަކަށް 12،000 ރުފިޔާގެ ފައިދާއެއް ވާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ރާއްޖޭގައި ޤާއިމުކުރި ފުރަތަމަ ލޮނު ފެކްޓަރީ ހއ. ދިއްދޫގައި ހުޅުވުން، ފޮޓޯ: ދިއްދޫ ކައުންސިލް
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު މައުލޫމަތު ދިން ގޮތުގައި އިރުގެ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީ ގޮތުން ހިއްކައިގެން ލޮނު އުފެއްދުމަށް ހަމަޖެހިފައިވާއިރު، މި ފެކްޓްރީން އުފައްދާ ލޮނު ސަޕްލައިކުރާނީ ރާއްޖޭގެ ޓޫރިސްޓް ރިސޯޓު ތަކަށާއި ޖަޕާނަށެވެ. އަދި މި ލޮނުގެ ކޮލިޓީ ހީނުކުރާވަރަށް ރަނގަޅުކަމަށާއި ފެކްޓްރީ ހުޅުވި އިރު އެތާ ތިބި ބޭފުޅުންވެސް މިކަން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި ޤާއިމުކުރި ފުރަތަމަ ލޮނު ފެކްޓަރީ ހއ. ދިއްދޫގައި ހުޅުވުން، ފޮޓޯ: ދިއްދޫ ކައުންސިލް
ލޮނު ފެކްޓަރީ ދިއްދޫގައި ޤާއިމްކުރަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށާއި މި ކަމުގެ ސަބަބުން ދިއްދޫގެ ރައްޔުތުންނަށް މިއީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.
ރާއްޖެއާއި ގުޅުވައިގެން މި ފެކްޓްރީން އުފައްދާ ލޮނަށް "ޓެންފީ ސަން ސޯލްޓް" ގެ ނަމުން ނަންދީފައިވެއެވެ. މި ލޮނަކީ ކެއިންބުއިމުގައި ބޭނުންކުރާ ލޮނާއި، ބައެއް ޙާއްސަ ބާވައްތަކުގެ އިތުރުން ލޮނު މަސް ތައްޔާރުކުރާއިރު އެޅުމަށް ހަމަޖެހިފައިވާ ލޮނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!