1446 ވަނަ އަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި ދަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ހިމެނޭހެން އެންމެހާ ފަރާތްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މި ޝުކުރު އަދާކުރެއްވީ މިއަދު ހެނދުނު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް، ޢީދު ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވާފައިވެއެވެ.
މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރެއިން ބައެއް ހަރަކާތްތަކުގައި ރައީސްގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާއި، ކުޑަކުދިންނާއި އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
މި ޢީދަށް ރާއްޖޭގެ 36 ރަށެއް ދިއްލާލާފައި ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ސަރުކާރަކުން އެންމެ ކުލަގަދަކޮށް ޢީދު ފާހަގަކުރުމުގެ ކަންކަން އިންތިޒާމްކުރި ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!