ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަހަރުގެ ފިޠުރު ޢީދު ދުވަހު އީދު ސަލާން ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، މި އަހަރުގެ އީދު ސަލާން ކުރެއްވުން އޮންނާނީ ޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.

Ad
rt

ރައީސް ދެކަނބަލުން ވަނީ އެންމެހައި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް މި ސަލާމުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އަރުވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޚާއްޞަކޮށް ޢާއިލާތަކާއެކު ވީހާވެސް ގެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ބައިވެރިވެވަޑައިގަތުމަށްވެސް ރައީސްގެ ދެކަނބަލުން ވަނީ ދަޢުވަތު ފޮނުއްވާފައެވެ.

މި ސަލާމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. އަދި މުލީއާގެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ.

މިދިޔަ އަހަރުވެސް ރައީސްގެ ދެކަނބަލުން ވަނީ މިފަދަ އީދު ސަލާމެއް ބާއްވާފައެވެ. މި ސަލާމަކީ ގައުމީ އެއްބައިވަންތަކަން އާލާކޮށް، ރައްޔިތުންނާ ސަރުކާރާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ހުޅުވިގެންދާ ފުރުސަތެކެވެ.