ހއ. ދިއްދޫގައި ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ތެރެއިން ބާކީ ދޫ ނުކުރެވިވާ %40 ފައިސާ، އެ ކައުންސިލަށް ލިބުމުން ދޫކުރެވޭނެކަމަށް ދިއްދޫ ކައުންސިލުން ހާމަކޮށްފިއެވެ.

ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންޔުނިޓްތަކުގެ ތެރެއިން ދިރިއުޅުމަށް ދޫކުރެވިފައިވާ ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކޮށްފައިވާ ފަރާތްތަކަށް، ބާކީ ދޭންޖެހޭ %40 ފައިސާ ހޯދުމަށް އެދި އެ ކައުންސިލަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން ދާ ކަމަށެވެ.

Ad
rt

އެކަމާއި ގުޅިގެން އެކައުންސިލުން ބުނެފައިވަނީ، އެ ފައިސާ ހޯދުމަށްއެދި، ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ
ބާކީ %40 ފައިސާ ނުލިބޭ ފަރާތްތަކުގެ ލިސްޓު 6 ޖަނަވަރީ 2020 ގައި މިނިސްޓްރީ އޮފް ހައުސިން
އެންޑް އާބާން ޑިވޮލޮޕްމެންޓަށް އެ ކައުންސިލްގެ އިދާރާއިން ފޮނުވާފައި ވާކަމަށެވެ.

އެ ފައިސާ ހަމަޖެހި، އެ އިދާރާއަށް ލިބުމުން ހަމަޖެހިފައިވާ އުސޫލުން ފައިސާ ދޫކުރާނެކަމަށްވެސް ދިއްދޫ ކައުންސިލުން ހާމަކުރައްވައެވެ.