"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ އަލަށް އާންމުކުރެވުނު ލިސްޓާ ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ މިއަދު ސަރުކާރަށް ތުހުމަތުތަކެއް ކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 27 ފެބްރުއަރީ 2025 ގައި އާންމުކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވަނީ 1،820 މީހުންނަށެވެ. މީގެ ތެރެއިން 1،423 މީހުންނަށް ތިން ކޮޓަރީގެ ފްލެޓް ލިބޭއިރު، 397 މީހުންނަށް ދެ ކޮޓަރީގެ ފްލެޓް ލިބޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

Ad
rt

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ވެރިކަމުގައި ހައުސިންގ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަދި ފްލެޓު ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވަނީ، މިހާރުގެ ސަރުކާރުން ލިސްޓު އެކުލަވާލާފައިވލަވާލާފައިވަނީ ވަކި ބަޔަކަށް ފްލެޓު ދިނުމަށް ކަމަށެވެ.

ޝަރުތު ހަމަވީ 1820 މީހުން، ޝަކުވާ ހުށަހަޅަން މަސް ދުވަހުގެ މުއްދަތު

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވެސް ވަނީ ސަރުކާރުގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ބުނެފައިވަނީ 4،000 ފްލެޓް ލިބުނު މީހުން އެކަނި ރިވިއުކުރި ކަމަށް ނަމަވެސް، އޭގައި ނުހިމެނޭ މީހުންނަށް ފްލެޓް ލިބޭކަމަށް އާންމުކުރި ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.

4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް ނެރެފި

މި މައްސަލައާ ގުޅިގެން، ކުރީގެ ސަރުކާރުން 4،000 ފްލެޓް ބެހުމުގައި ބޭއިންސާފުން ޢަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ މިޝަނުން ވަނީ ތަޙްޤީޤެއް ހިންގާފައެވެ. އެ ތަޙްޤީޤުގެ ނަތީޖާއިން ދައްކާ ގޮތުގައި، ކުރިން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

''މިއީ ނުފޫޒެއް ނުފޯރުވައި ފްލެޓް ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު''

މި ލިސްޓާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ މިއީ ނުފޫޒެއް ނުފޯރުވައި ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރުކަމަށެވެ.