ހއ. އަތޮޅު (ތިލަދުންމަތީ އުތުރު ބުރީ) ގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ހއ. ކެލާގައި ބާއްވައިފިއެވެ.

ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ އެ ބައްދަލުވުން އިއްޔެ ކެލާގައި ކުރިއަށް ދިޔަ އިރު އެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަނާއި، އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad
rt

އެ މަސައްކަތު ބައްދަލުވުމުގެ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނީ ބޮޑުތިލަދުންމަތިން ހިމާޔަތް ކޮށްފައިވާ ހއ. ބާރަށު ކުޅި ސަރަހައްދާއި ހއ. ކެލާ ޗަސްބިން ސަރަހައްދަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާކުމުގެ މަސައްކަތް ކުރުމާއި ބެހޭ ގޮތުންނެވެ.

އެބައްދަލުވުމުގައި ހއ. އަތޮޅު ތަމްސީލްކުރާ ބައެއް ކައުންސިލްތަކުން ބައިވެރިވެ، ވަނީ ޚިޔާލުބަދަލުކޮށް މަޝްވަރާތަކުގައި ބައިވެރިވެފައެވެ.

މިނިސްޓަރުގެ މި ދަތުރުގައި މި މަހުގެ 24 ވަނަ ދުވަހުވަނީ ހއ. ބާރަށަށް ވަޑައިގެންފައެވެ. އަދި 25 ވަނަ ދުވަހު އެމަނިކުފާނުވަނީ ހއ. ހޯރަފުއްޓަށް ވަޑައިގެންފައެވެ.

ހޯރަފުއްޓަށް ވަޑައިގަތުމަށްފަހު މިނިސްޓަރުވަނީ ހިމާޔަތްކޮށްފައިވާ ހއ. ގައްލަންދޫއަށާއި، އިންނަ ފިނޮޅަށްވެސް ވަޑައިގެންފައެވެ.

އިއްޔެ ހއ. ކެލައަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ހއ. އިހަވަންދޫއަށް ވަޑައިގަތެވެ.

ކެލާގައި ކުރިއަށްދިޔަ ހއ. އަތޮޅުގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުމަށްފަހު އެމަނިކުފާނުވަނީ އެ އަތޮޅު ދިއްދޫ، އުތީމު އަދި ވަށަފަރަށްވެސް ވަޑައިގެންފައެވެ.

މިރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެ ރަށްރަށުގައި ހުރި އެ މިނިސްޓްރީއާއި ގުޅުން ހުރި ތަންތަނަށް ޒިޔާރަތް ކުރައްވާފައި ވެއެވެ.

މި މަހުގެ 24 އިން 30 މިނިސްޓަރު ބޮޑު ތިލަދުންމައްޗަށް ކުރަށްވާ އެ ދަތުރުގައި ވަޒީރު ދެން ވަޑައިގަންނަވާނީ ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކަމަށް މަޢުލޫމާތު ލިބެއެވެ.