ވާދަވެރި ފެތުންތެރިން އުފެއްދުމަށް ބޭނުންވާ ފެތުމުގެ ކޯޗުން ތަމްރީނުކުރުމަށް ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް މޯލްޑިވްސް ސުވިމިން ސޯސިއޭޝަނާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހިންގަން ވަނީ ހަމަޖެހިފައެވެ.

10 ދުވަހުގެ މުއްދަތަށް ހިންގާ މިކޯސް ކުރިޔަށްދާނީ 2020 ފެބުރުއަރީ 2 ވަނަދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކޯހުގައި ބައިވެރިވުމުގެ ޝަރުޠުހަމަވާ ކޮންމެދިވެއްސަކަށް ލިބިގެންވާކަމަށް ސުވިމިން ސޯސިއޭޝަންއިން މަޢުލޫމާތުދީފައި ވެއެވެ.

Ad
rt

މިކޯހުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު ފުރިހަމަކޮށް 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، ސަބްމިޓްކުރުމަށް ދަންނަވާފައިވެއެވެ.

ކޯހުގައި ބައިވެރުވުމުގެ ޝަރުތުތައް:

  1. ޢުމުރުން 18 ން މަތީގެ ދިވެއްސަކަށްވުން.
  2. އެހެންމީހެއްގެ އެހީތެރިކަމެއްނެތި އަމިއްލައަށް، 400 މީޓަރަށް ފަތަން އެނގޭ މީހަކަށްވުން.
  3. ދިވެހިބަހުންނާ އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކޮށް ލިޔެކިޔަން އެނގުން.
  4. ކޯހުގެ މުއްދަތުގައި ކުޅުދުއްފުށި ސިޓީއަށް އަމިއްލަ ޚަރަދުގައި އައިސް ކޯސް ފުރިހަމަކުރެވޭފަދަ މީހަކަށްވުން.
  5. މިފަދަ ކޯހެއް ފުރިހަމަކޮށް ވާދަވެރި ފެތުންތެރިން އުފެއްދުމުގެ މަސައްކަތުގައި ދެމިހުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  6. ޝަރުޢީ ބަންދެއްގައި ހުރި މީހަކަށް ނުވުން.