މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ވަޖީހު މިއަދު މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

Ad
rt

ވަޖީހު މަގާމުން ވަކޮކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަޙީމް ޢަބުދު ﷲ އާއި ސަރުކާރާމެދު ނުތަނަވަސްކަން އުފެދިފައިވާކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ.

އެފަދަ ނުތަނަވަސްކަމެއް އުޅޭކަން ބެލެވެންފެށީ އަބުދުއްރަހީމްގެ ދަރިކަލުން ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމުން އޮންލައިން ނޫހަކަށް އަބުދުއްރަހީމް ދެއްވި ބަސްދީގަތުމެއްގައި އެފަދަ މޭރުމަކުން ވާހަކަ ދެއްކެވި ހިސާބުންނެވެ.

އެމްޕީއެލް އެމްޑީގެ މަގާމު ފުރަމުން އައި ވަޖީހަކީ އަބުދުއްރަހީމްގެ ދަރިކަނބަލެއްގެ ފިރިކަލުން އަހްމަދު ހިޝާމް ވަޖީހްގެ ބައްޕައެވެ. ހިޝާމް އަކީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

އަބުދުއްރަހީމްގެ ޢާއިލީ އިތުރު ބޭފުޅުން ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި އާއި ކުންފުނިތަކުގެ އިސް މަގާމު ތަކުގައި އެބަތިއްބެވެ.