އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމްކޮށްގެން ވެރިރަށް މާލޭގައި ރޭ ހިނގާލުމެއް ބާއްވައިފިއެވެ.
މި ހިނގާލުމަށް އެމްޑީޕީން ގެންގުޅުނު ޝިއާރަކީ ''ފުދިއްޖެ، ފުނޑިއްޖެ''އެވެ.
އެމްޑީޕީގެ ރައީސް ކުރީގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު އާއި އެ ޕާޓީގެ ޗެއާޕާސަން ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ލީޑްކުރެއްވި މި ހިނގާލުމުގައި އެމްޑީޕީގެ އެހާރާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި، އެ ޕާޓީގެ އިސް މެމްބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
އެމްޑީޕީން ބޭއްވި ފުދުއްޖެ ފުނޑިއްޖެ، ހިނގާލުން
ދުރާލާ އިސްތިހާރުކޮށް، ކެމްޕޭނުކޮށްގެން ބޭއްވި މި ހިނގާލުމުގައި ބައިވެރިވމަށް ރަށްރަށުން ވެސް އެމްޑީޕީގެ ސަޕޯޓަރުން ވަނީ މާލެ އައިސްފައެވެ.
މި ހިނގާލުމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އަޑުއުފުލާފައިވެއެވެ.
Our speakers address the rally at Ameenee Magu.#FudhijjeFundijje pic.twitter.com/ebW2qLJzUe
— MDP Secretariat (@MDPSecretariat) January 31, 2025
މި ހިނގާލުން ނިންމާލާފައި ވަނީ އެއްވެސް ހަމަނުޖެހުމެއް ނުހިނގައި، ސަލާމަތީ ބާރުތަކުން ވެސް އެއްވެސް ހުރަސް އެޅުމެއް ނެތިއެވެ.
އެއްވުން ނިންމާލަމުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަކުރަށްވާނެކަން ޢިއުލާން ކުރަށްވާފައިވާފައްޔާޒް އިސްމާއީލް ވިދާޅުވީ، މި ހިނގާލުމުން ހާމަވެގެން ދިޔައީ ދިވެހި ރައްޔިތުން ތިބީ މި ސަރުކާރު ބަދަލު ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!