މާލޭގައި އަމިއްލަ އޮފީހެއްގެ ތެރޭގައި ސިނގިރޭޓް އުފައްދާކަމަށް ބެލެވޭ މައްސަލައެއްގައި އެ އޮފީސް ބަލާފާސްކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި އެ އޮފީހަކީ މާލޭ ހެންވޭރުގައި ހުންނަ ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި ހިންގަމުން އަންނަ ތަނެކެވެ..
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ލިބިފައިވާ މަޢުލޫމާތުތަކުގެ އަލީގައި ކޯޓު އަމުރެއްގެ ދަށުން އެ އޮފީހަށް ވަދެ ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ރާއްޖޭގައި ސިނގިރޭޓް އުފެއްދުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!