ށ. މިލަންދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗަކީ ރ. އުނގޫފާރުން ފުރައިގެން މިލަންދޫ އަށް ދަތުރުކުރަމުން ދިޔަ ލޯންޗެކެވެ.
މި ލޯންޗް ބަންޑުން ޖަހާލާފައިވާ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ފޮޓޯ ތަކުން ފެންނަ ގޮތުގައި އެއް ފޮޓޯގައި މި ލޯންޗުގެ މަތީގައި ތިން މީހަކު ކޮޅަށް ތިބިއިރު، އަނެއް ފޮޓޯގައި ހަތަރު މީހަކު ތިއްބާ ފެނެއެވެ. އަދި އެ ސަރަހައްދުގައި އިތުރު އުޅަނދު ހަރަކާތްތެރިވަމުން އަންނަތަން ވެސް ފޮޓޯތަކުން ފެނެއެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ މިއަދު 14:30 ހާއިރު ރ.އުނގޫފާރުން ފުރައިގެން ށ.މިލަންދޫ އަށް ދަތުރުކުރި ލޯންޗެއް ށ. މާކަނޑޫދޫ ކައިރިން އަޑިއަށްގޮސްގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ލޯންޗުގައި 6 އަންހެނުންނާއި، 5 ފިރިހެނުންނާއި އަދި 4 ކުޑަކުދިން ތިބިކަމަށް ފުލުހުން ބުންޏެވެ.
"މި ލޯންޗުގައި ދަތުރުކުރި އެންމެން މިލަންދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވޭ"
ފުލުހުން ބުނެފަވެއެވެ.
މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!