މިއަދާއި ހަމައަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯރޓް ކޮށްފިއެވެ.

މިއަދު (24 ޖެނުއަރީ) އާއި ހަމައަށް މުޅި ދުނިޔެއިން ނޮވެލް ކޮރޯނާވައިރަސްގެ 845 ކޭސް ރިޕޯރޓްކުރެވިފައިވާއިރު އެންމެ ގިނަ ކޭސް ރިޕޯރޓްކޮށްފައިވަނޯ ޗައިނާއިންނެވެ. ޗައިނާއިން ނޮވެލް ކޮރޯނާވައިރަސްގެ ރިޕޯޓްކުރި ޖުމްލަ އަދަދަކީ 830 އެވެ.
ޗައިނާގައި ރިޕޯރޓްކުރި 830 ނޮވެލް ކޮރޯނާވައިރަސްގެ ކޭސްގެ ތެރެއިން ބަލިޖެހިގެން ބޮޑުވަރުވީ 177 މީހުންނަށެވެ. އަދި އޭގެ ތެރެއިން 25 މީހުން މަރުވެފައިވެއެވެ.

Ad
rt

‏ނޮވެލް ކޮރޯނާ ވައިރަސް ފެތުރިފައިވާ ޤައުމު ތަކާއި އަދަދުތައް:

- ޗައިނާ، 830 ކޭސް
- ތައިލެންޑް، 4 ކޭސް
- ހޮންގް ކޮންގް، 2 ކޭސް
- މަކާއޯ، 2 ކޭސް
- ސައުތު ކޮރިޔާ، 2 ކޭސް
- ޓައިވާން، 1 ކޭސް
- ޖަޕާން، 1 ކޭސް
- ނޭޕާލް، 1 ކޭސް
- ސިންގަޕޯރ، 1 ކޭސް
- ޔޫއެސްއޭ، 1 ކޭސް

މިބައްޔާ ގުޅިގެން ދުނިޔެ އެލާރޓަށްއައީ ޗައިނާގައި ފެތުރެމުންދާ، ނޭވާލާ ނިޒާމަށް އަސަރުކުރާ ގޮތްނޭނގޭ ބަލި ”ނޮވެލް ކޮރޯނާ ވައިރަސް“ ދާދިފަހުން ޗައިނާއަށް ދަތުރުކުރި އެމެރިކާގެ ރައްޔިތެއްގެ ހަށިގަނޑުން ވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެމެރިކާއިން ބުނުމާއި ގުޅިގެންނެވެ.